އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

، އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަމާއިގެން ފޮނުއްވި ޞައްޙަ ޢަޤީދާ އާއި ބެހޭގޮތުން އަޅުގަނޑު މިގެނައި ކުރު ބަސްކޮޅުގައި އެކުލެވިގެންވާ ހުރިހައި ވާހަކައަކީ އެއީ (ނަރަކައިން) ސަލާމަތްވާނެ ޖަމާޢަތްކަމުގައިވާ އަހްލުއްސުންނަތު ވަލްޖަމާޢަތުގެ ޢަޤީދާއެވެ. އެބައިމީހުންނާއި މެދުގައި ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ (( لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ مَنْصُورَةٌ  ، لاَ يَضُرُّهُمْ مَن خَذَلَهُمْ حَتَّى يَأْتِيَ أَمْرُ اللهِ سُبْحَانَهُ )) މި ފަދައިންނެވެ. މި ބަސްފުޅުގެ މާނައީ: ”ތިމަންކަލޭގެފާނުންގެ އުންމަތުގައި ބަޔަކު އަބަދުވެސް ޙައްޤުގައި ނަޞްރުލިބިގެންވާ ޙާލުގައި ދެމިތިބޭނެއެވެ. އަދި އެބައިމީހުންނާއި އިދިކޮޅުވެއްޖެ ބަޔަކަށް އެއުރެންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅު އަތުވެއްޖައުމާއި ޖެހެންދެން އެބައިމީހުން އެހެން ތިބޭނެއެވެ.“

އަދި ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( افْتَرَقَتِ اليَهُودُ عَلَى إِحْدَى وَسَبْعِيْنَ فِرْقَةً ، وَافْتَرَقَةِ النَّصَارَى عَلَى اثْنَتَيْنِ  وَسَبْعِيْنَ فِرْقَةً ، وَسَتَفْتَرِقُ هَذِهِ الأُمَّةُ عَلَى ثَلاَثٍ وَسَبْعِيْنَ فِرْقَةً ، كُلُّهَا فِى النَّارِ إِلاَّ وَاحِدَةٌ ، فَقَالَ الصَحَابَةُ : مَنْ هِيَ يَا رَسُولَ اللهِ ؟ قَالَ : مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيْهِ وَأَصْحَابِيْ )) މާނައީ: ”ޔަހޫދީން ހަތްދިހަ އެއްބަޔަށް ބައިބައިވިއެވެ. އަދި ނަޞާރާއިން ހަތްދިހަ ދެބަޔަށް ބައިބައިވިއެވެ. އަދި މިއުންމަތް ހަތްދިހަ ތިންބަޔަށް ބައިބައިވާނެއެވެ. އޭގެ ތެރެއިން އެންމެ ބައެއް ފިޔަވައި އެހެން ހުރިހައި ބައެއް ވާހުށީ ނަރަކައިގައެވެ. ދެންފަހެ އަޞްޙާބުބޭކަލުން ދެންނެވިއެވެ. އެއީ ކޮންބައެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ތިމަންކަލޭގެފާާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުން މިތިބި ގޮތުގައި ތިބޭ މީހުންނެވެ.“ 
މިއީ އޭގައި ގަދައަޅައި ހިފައި، އަދި އޭގެ މަތީ ސާބިތުވެ، އެއާއި އިދިކޮޅު ކަންތައްތަކުން ރައްކާތެރިވެ ތިބުން ވާޖިބުވެގެންވާ ޢަޤީދާއެވެ.
މިބައިތަކުގެ ތެރޭގައި ބުދާއި، ފޮޓޯއާއި، މަލާއިކަތުންނާއި، ވަލީވެރިންނާއި، ޖިންނިއާއި، ގަސްގަހާގެއްސާއި، ހިލަޔާއި އެނޫންވެސް އެފަދަ އެއްޗިއްސަށް އަޅުކަންކުރާ މީހުންވެއެވެ. ފަހެ މިބައިމީހުންނީ ރަސޫލުންގެ ދަޢުވަތަށް އިޖާބަނުދޭ މީހުންނެވެ. އަދި ކިއެއްތަ! ޤުރައިޝުންނާއި އެނޫންވެސް އެހެން ޢަރަބި އެކި ވަންހަތަކުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މެދުގައި ކަންތައްކުރި ގޮތަށް އެބެއިކަލުންނާއި ޚިލާފުވެ އިދިކޮޅު ހެދި މީހުންނެވެ. އެބައިމީހުން އެމީހުން އަޅުކަންކުރާ ފަރާތްތަކުން ޙާޖަތްތައް ފުއްދުމަށާއި، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދުމާއި، ދުޝްމަނުންގެ މައްޗަށް ނަޞްރުދެއްވުމަށް އެދި ދެންނެވުމާއި، އެފަރާތްތަކަށް ކަތިލައި، ނަދުރު ބުނެ ހެދިއެވެ. ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަމާ އިންކާރުކުރައްވައި އެންމެހައި އަޅުކަމެއް އެއްކައުވަންތަ ﷲ އަށް ޚާލިޞްކުރެއްވުމަށް އަމުރުކުރެއްވުމުން އެކަމާއި ޙައިރާންވެ އިދިކޮޅު ވެގަތެވެ. އަދި ބުންޏެވެ.  أَجَعَلَ الْآلِهَةَ إِلَـٰهًا وَاحِدًا ۖ إِنَّ هَـٰذَا لَشَيْءٌ عُجَابٌ (سورة ص : 5) މާނައީ: ”އެކަލޭގެފާނު ހުރިހައި އިލާހެއް އެންމެ އިލާހެއްކަމުގައި ހައްދަވަނީ ހެއްޔެވެ؟ ހަމަކަށަވަރުން މީ ވަރަށް ޢަޖައިބުކަމެކެވެ.“
ފަހެ އެކަލޭގެފާނު އެމީހުންނަށް ﷲ ގެ ޙަޟްރަތަށް ގޮވައިލެއްވުމާއި، ޝިރުކު ކުރުމުން އިންޒާރު ދެއްވުމާއި، އަދި އެކަލޭގެފާނުގެ ދަޢުވަތުގެ ޙަޤީޤަތް އެބައިމީހުންނަށް ޝަރަޙަކޮށްދެއްވުމުގައި އޭގެ ތެރެއިން ﷲ ތެދުމަގު ދެއްކެވި ބަޔަކަށް ތެދުމަގުދައްކަވައި، ފައުޖު ފައުޖަށް ﷲ ގެ ދީނަށް މީސްތަކުން ވަދެއްޖައުމަށް ދާންދެން ދެމިހުންނެވިއެވެ. ފަހެ ﷲ ގެ ރަސޫލާ އާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި، އެބޭކަލުންގެ އިޙުސާނާއެކު ތަބާވެގެން ތިއްބެވި ތާބިޢީންގެ ކިބައިން ކެނޑިނޭޅި ދެމުން ދިޔަ ދަޢުވަތާއި، ދިގު ޖިހާދަކަށް ފަހު ﷲ ގެ ދީން ހުރިހައި ދީންތަކެއްގެ މައްޗަށް ގަދަވިއެވެ. ދެން އަނެއްކާ ޙާލަތު ބަދަލުވެ ގިނަ މީހުންގެ މައްޗަށް ޖާހިލުކަން ބޮޑުވެ ގިނަ ބަޔަކު ޖާހިލިއްޔަ ދީނަށް އެނބުރި އައީއެވެ. އެއީ ނަބީބޭކަލުންނާއި، ވަލީވެރިންނާއި މެދުގައި ޣުލުއްޥުކުރުމާއި، އެބޭކަލުންނަށް ދެންނެވުމާއި، އެހީއަށް އެދި ގޮވުންފަދަ ޝިރުކުގެ ބާވަތްތަކުންނެވެ. لا إله إلا الله ގެ މާނަ ޢަރަބި މުޝްރިކުންނަށް އިނގޭ ވަރަށްވެސް އެބައިމީހުންނަށް ނެގެއެވެ. فَاللهُ المثسْتَعَانُ! (ނުނިމޭ)

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު