ލިޔުނީ: އިނާޒު އަދްނާނު
ސަޢޫދީއަރަބިއްޔާގެ ވަލީޢަހްދު އަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒު އާލްސަޢޫދު ޢުމުރުފުޅުން 78 އަހަރުގައި އަވަހާރަވެއްޖެއެވެ. 

ސަޢޫދީ ޢަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި ނާއިފް އަވަހާރަވެފައިވަނީ ޖެނީވާގައެވެ. އަމީރު ނާއިފްގެ ޖަނާޒާ އޮންނާނީ އަންނަ އާދިއްތަ ދުވަހު މަޣްރިބްނަމާދަށް ފަހު މައްކާގެ ޙަރަމްފުޅުގައެވެ. 

އަމީރު ނާއިފް އަވަހާރަވުމުން ހުސްވެފައިވާ ވަލީޢަހްދުގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކުރެއްވުމަށް ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު އައްޔަންކުރައްވާނެކަމަށް ބެލެވިފައިވަނީ މިހާރުގެ ޑިފެންސް މިނިސްޓަރ ސަލްމާން ބިން ޢަބްދުލްޢަޒީޒެވެ.

މިއީ ނުވަ މަސްދުވަހުގެ ތެރޭގައި ވަލީޢަހްދުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވަން ރަސްގެފާނު އަބްދުﷲ އަށް ޖެހިވަޑައިގަންނަވާ ދެވަނަ ފަހަރެވެ. 

އަމީރު ނާއިފަށް ދާޚިލީ ވަޒީރުކަން ލިބިވަޑައިގަތީ 1975 ވަނަ އަހަރު އެވެ. އަދި 2009 ވަނަ އަހަރު ބޮޑުވަޒީރުގެ ނައިބުކަންވެސް ލިބިވަޑައިގެންނެވިއެވެ.

ޚިޔާލުފާޅުކުރައްވާ

1 ކޮމެންޓު

  1. إنا لله وإنا إليه راجعون