ތަރުޖަމާ: އިނާޒް ޢަދުނާން
މުޞީބާތްތައް ޖެހުމަށް ނޭދޭށެވެ!
ދުނިޔޭގެ ޙަޔާތުގައި ތިމާއަށް ޖެހޭ މުޞީބާތްތަކަށް ހެޔޮގޮތުގައި ކެތްތެރިވެ، އޭގެ ބަދަލުގައި އާޚިރަތުގެ ޢަޒާބުން މިންޖުކޮށްދެއްވައި ގިނަވެގެންވާ ހެޔޮކަމާއި ދަރުމައަށް އުންމީދުކުރެވިދާނެއެވެ. ނަމަވެސް ދުނިޔަވީ މުޞީބާތްތަކަކީ މުއުމިނުއަޅާއަށް އެތައްގިނަ ހެޔޮކަމެއް ޙާޞިލްކުރެވިދާނެ ޒަރީޢާއަކަށްވުމާއެކުވެސް ﷲ ތަޢާލާ ވަނީ އެއިލާހުގެ އަޅުތަކުންނަށް މުޞީބާތްތައް ޖެހުމަށް އެދުން މަނާކުރައްވާފައެވެ.
އޭގެ ފުރަތަމަ ސަބަބަކީ އިންސާނާއަށް އުފުލޭނީ އަދި ކެތްތެރިވެވޭނީ ކިހާވަރެއްގެ ދަތި އުނދަގޫތަކަކަށްކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެހެންކަމުން ﷲ ތަޢާލާ، އަޅާއަށް މުޞީބާތް އުފުލަން ޖައްސަވަނީވެސް އެމިންވަރަށެވެ. ނަމަވެސް މީހަކު އެއަށްވުރެ އިތުރަށް ބަލާ އާއި މުޞީބާތްތައް ޖެހުމަށް އެދިއްޖެނަމަ ހަމަ ޔަޤީނުންވެސް އެންމެފަހުން އޭނާއަށް އެކަންތައްތައް ތަޙައްމަލުނުކުރެވި ޝުކުރުނުކުރުމާ ނާއުންމީދުގެ ތެރެއަށް ވެއްޓިދާނެއެވެ. އަދީ މީގެ އިތުރަށް ތިމާގެ ފާފައިގެ ސަޒާ މިދުނިޔޭގައި އުފުލައިގަތުމަކީ އެއްވެސް މީހަކަށް ކުޅަދާނަވެގެންވާކަމެއްނޫނެވެ. އަދި ކިއެއްތަ! މުއުމިނު އަޅާއަށް އެދެވިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަކަމާ ދީލަތިވަންތަކަން ހަނދުމަކޮށް ތިމާގެ ފާފަތައް ފުއްސަވައިދެއްވައި ތިމާގެ އީމާންކަން ރައްކާތެރިކޮށްދެއްވުމަށް އެދި ދެންނެވުމެވެ.

 أنس بن مالك رضي الله عنه ގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. اَنَّ رَسُوْلَ z عَادَ رَجُلاً مِنَ الْمُسْلِمِيْنَ قَدْ خَفَتَ فَصَارَ مِثْلَ الْفَرْخِ  فَقَالَ لَهُ رَسُوْلُ اللهِ z : هَلْ كُنْتَ تَدْعُوْ بِشَيْئٍ اَوْ تَسْأَلُهُ اِيَاهُ؟  قَالَ نَعَمْ كُنْتُ اَقُوْلُ : اَللَّهُمَّ مَا كُنْتَ مُعَاقِبِيْ بِهِ فِي الْأَخِرَةِ ، فَعَجِّلْهُ لِيْ فِي الدُّنْيَا. فَقَالَ رَسُوْلُ اللهِ z : سُبْحَانَ اللهِ! لاَ تُطِيْقُهُ اَوْ لاَ تَسْتَطِيْعُهُ، اَفَلاَ قُلْتَ اَللَّهُمَّ اَتِنَا فِي الدُّنْيَا حَسَنَةً وَفِي الْأَخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ. قَالَ فَدَعَا اللهَ لَهُ، فَشَفَاهُ [مسلم 4/2068 حديث:2688]  މާނައީ: އެއްފަހަރަކު މާތް ނަބިއްޔާ z މުސްލިމުންގެ ތެރެއިން މީހެއްގެ ކައިރިއަށް ޒިޔާރަތްކުރެއްވިއެވެ. އޭނާ ބަލިވެ ނިކަމެތިވެފައިވާވަރުން ހީވަނީ ޅަދޫނި ފިޔޮކެއް ހެނެވެ. ﷲ ގެ ނަބިއްޔާ z  އޭނާ އާއި ސުވާލުކުރެއްވިއެވެ. ތިބާ ވަކި ކަމަކަށް ދުޢާއެއްކުރީމު ހެއްޔެވެ؟ ނުވަތަ ތިޔަފަދަ ގޮތެއް މެދުވެރިވުމަށް އެދި ދެންނެވީހެއްޔެވެ؟ އޭނާ ބުންޏެވެ. އާދޭހެވެ! އަޅުގަނޑު ދަންނަވައި އުޅުނީމެވެ. ’ހައްދަވާ ބޮދުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އާޚިރަތުގައި މިއަޅާއަށް ސަޒާއެއް ދެއްވާނެ ނަމަ، މިދުނިޔެމަތީގައި މިއަޅާއަށް އަވަސް ކޮށްދެއްވާންދޭވެ! ދެން މާތް ނަބިއްޔާ z ޙަދީޘްކުރެއްވިއެވެ. سُبْحَانَ اللهِ! އެވެ. (ﷲ ގެ ހުސްޠާހިތުވަންތަކަމާއެވެ!) އެކަލާނގެ ސަޒާ ތަޙަންމަލް ކުރުމަކަށް ތިބާ ކުޅަދާނަވެގެން ނުވެއެވެ. އަދި އޭގެ ބަދަލުގައި ތިބާ اَللَّهُمَّ اَتِنَا فِي الدُّنْيَا حَسَنَةً وَفِي الْأَخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ (ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި ނަރަކައިގެން ޢަޒާބުން މިއަޅާ މިންޖުކޮށްދެއްވާނދެވޭ!) މިފަދައިން ނުދެންނެވީ ކީތްވެހެއްޔެވެ؟ ދެން މާތް ނަބިއްޔާ z އޭނާއަށް ޝިފާއަށް އެދި ﷲ ދެންނެވިއެވެ. ފަހެ އެކަލާނގެ އޭނާއަށް ޝިފާދެއްވިއެވެ.“ 
ދެވަނަ ސަބަބަކީ މުޞީބާތްތަކަށް އެދުމަކީ ﷲ ތަޢާލާގެ ތަނަވަސް ރަޙުމަތާ ޢަފޫކުރެއްވުމުގެ މަތިވެރި ސިފަޔާ މުޅިން އިދިކޮޅުކަމެކެވެ. އަޅުތަކުންނަށް އަންގަވާފައިވަނީ ﷲ ގެ ޙަޟްރަތުން ފުރިހަމަ ޞިއްޙަތާ ޢާފިޔަތަށް އަދި ފާފަތައް ފުއްސަވައި ޢަފޫކޮށްދެއްވުމަށް އެދި ދެންނެވުމަށެވެ. އެންމެ މަތިވެރިވަންތަ ﷲ ތަޢާލާ، އެކަލާނގެ ކީރިތި ކަލާމްފުޅުގައި އިންސާނާއަށް މިދުޢާ އުގަންނަވައިދެއްވާފައިވެއެވެ.  رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ [سورة البقرة 286] މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ. (ނުނިމޭ)

ލިޔުމުގެ އަޞްލު: ދުނިޔަވީ މަޞާއިބް ވަމުޝްކިލާތް / އަލްއަޚް ޝާހިދު ސައްތާރު
ތަރުޖަމާ މުރާޖަޢާކޮށްދެއްވީ: އައްޝައިޚް އާދަމް ޝަމީމް      

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު