ތަރުޖަމާ: އިނާޒް ޢަދުނާން

استرجاع  އަދި ދުޢާ

استرجاع ކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްބުވަންތަކަން ފާޅުކޮށް އެކަލާނގެ ޙުކުމްފުޅަށް ކިޔަމަންވާކަން ތިމާގެ ދުލުން ފާޅުކުރުމެވެ. އެއީ މިފަދައިން ބުނުމެވެ. ] إِنَّا لِلَّـهِ وَإِنَّا إِلَيْهِ رَاجِعُونَ y [ [سورة البقرة 156] މާނައީ: ހަމަކަށަވަރުން ތިމަންމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި ހަމަކަށަވަރުން ތިމަންމެން އެނބުރިދިޔުންވެސް ވަނީ އެކަލާނގެ ޙަޟްރަތަށެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ] وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ y الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّـهِ وَإِنَّا إِلَيْهِ رَاجِعُونَ y  أُولَـٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَـٰئِكَ هُمُ الْمُهْتَدُونَ[ y [سورة البقرة : 155 ، 156 ، 157] މާނައީ: ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ.

أمّ سلمة  رضي الله عنها ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. رسول الله صلي الله عليه وسلم މިފަދައިން ޙަދީޘްކުރައްވާ އަޑު ތިމަންކަމަނާ އެހީމެވެ. ((مَا مِنْ عَبْدٍ تُصِيْبُهُ مُصِيْبَةُ فَيَقُوْلُ)) މުއުމިނުއަޅާ އަށް މުޞީބާތެއް ޖެހޭ ހިނދު އޭނާ ((إِنَّا لِلَّـهِ وَإِنَّا إِلَيْهِ رَاجِعُونَ ، اَللهُمَّ اَجِرْنِيْ فِيْ مُصِيْبَتِيْ وَاخْلُفْ لِيْ خَيْرًا مِنْهَا)) ”ހަމަކަށަވަރުން ތިމަންމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި ތިމަންމެން އެނބުރިދިޔުންވެސް ވަނީ އެކަލާނގެ ޙަޟްރަތަށެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ޖެހިފައިވާ މުޞީބާތުގައި މިއަޅާއަށް އަޖުރު ދެއްވައިފާނދޭވެ! އަދި މިއަށްވުރެ ހެޔޮކަމަކުން މިއަޅާއަށް ބަދަލުދެއްވާނދޭވެ! މިފަދައިން ކިޔައިފިނަމަ ހަމަކަށަވަރުންވެސް ﷲ ތަޢާލާ، އެމީހަކަށް އަޖުރުދެއްވާހުއްޓެވެ. އަދި އެއަށްވުރެ ރަގަޅު ބަދަލަކުން ބަދަލުދެއްވާ ހުއްޓެވެ.
أمّ سلمة رضي الله عنها އިތުރަށް ވިދާޅުވެފައިވެއެވެ. ((فَلَمَّا تُوُفِّيَ اَبُوْ سَلَمَةَ ، قُلْتُ كَمَا اَمَرَنِيْ رَسُوْلُ اللهِ z فَاَخْلَفَ اللهُ لِيْ خَيْرًا مِنْهُ رَسُوْلَ اللهِ z)) [مسلم ومسند احمد]  ދެންފަހެ (ތިމަންކަމަނާގެ ފިރިކަލުން) أبو سلمة (رضي الله عنه)  އަވަހާރަވީ ހިނދު ރަސޫލު ﷲ z ، ތިމަންކަމަނާއަށް އުގަންނަވައިދެއްވި ގޮތަށް ތިމަންކަމަނާ ދުޢާ ދެންނެވީމެވެ. ފަހެ ﷲ ތަޢާލާ ތިމަންނާއަށް ދެއްވީ أبو سلمة  އަށް ވުރެ ހެޔޮވެގެންވާ ބޭކަލެކެވެ. އެއީ ރަސޫލު ﷲ z އެވެ. (ނުނިމޭ)
ލިޔުމުގެ އަޞްލު: ދުންޔަވީ މަޞާއިބް ވަމުޝްކިލާތް / އަލްއަޚް ޝާހިދު ސައްތާރު
ތަރުޖަމާ މުރާޖަޢާކޮށްދެއްވީ: އައްޝައިޚް އާދަމް ޝަމީމް      

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު