ލިޔުނީ: އިނާޒް ޢަދުނާން
މުޒާހަރާގެ ބައިވެރިން މެރުމަށް އަމުރުކުރިކަން ސާބިތުވެގެން މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އުމުރަށް ޖަލަށް ލުމަށް އެޤައުމުގެ ކޯޓަކުން މިއަދު ހުކުމް ކޮއްފިއެވެ. 
މުބާރަކްގެ އިތުރުން އޭނާގެ ސަރުކާރުގެ ދާޚިލީ ވަޒީރު ޙަބީބުލް ޢަދްލީވެސް އުމުރަށް ޖަލަށް ލާން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މުޒާހަރާގެ ބައިވެރިން މެރުމަށް އަމުރުކުރިކަން ޢުމުރުން 84 އަހަރުގެ މުބާރަކްގެ މައްޗަށް ސާބިތުވިނަމަވެސް ނުފޫޒުގެ ބޭނުންކޮށްގެން ވެރިކަމުގެ ދުވަސްވަރު ހިންގާފައިވާ ޚިޔާނާތުގެ އަމަލުތަކުގެ ދައުވާ ސާބިތު ވެފައެއް ނުވެއެވެ. އަދި މުބާރަކްގެ ދެ ދަރިންނާއި އިތުރު އޮފިޝަލުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ކޯޓުންވަނީ ޙުކުމްކޮށްފައެވެ.

މުބާރަކްގެ މައްޗަށް މަރުގެ ޙުކުމް އިއްވާނެކަމަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިއްބައި  ޖަލު ހުކުމް އިއްވުމާއެކު ކޯޓަށް ހާޒިރުވެ ތިބި މީހުން ވަނީ ނުރުހުން ފާޅުކޮށް ހަމަނުޖެހުން އުފައްދާފައެވެ.
މުބާރަކްގެ ވެރިކަން ނިމުމަކަށް ގެނައި 18 ދުވަހުގެ މުޒާހަރާގައި ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި 840 މީހުން މަރުވެ 6000 ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ.

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު