އަހަރެންގެ ޙަޔާތުން އަހަރެއް އުނިވީއެވެ.

އަހަރެން ”ބޮޑުވީއެއް“ ނޫނެވެ. އަދި ކިއެއްތަ؟ ”ކުޑަވީ“ އެވެ. ނުބުއްވަތުގެ ދައުރާ ދުރުވެ، ކަށްވަޅާ ކައިރިކުރުވީއެވެ. އަމާންކަމުގެ ޒަމާން ފަސްދީ، ފިތުނައިގެ ދުވަސްތަކާ ގާތްވީއެވެ.

އަހަރެން ކޭކު ފަޅާކަށް ބޭނުމެއްނޫނެވެ. އެހެނީ ވަގުތުގެ ”ތޫނު ވަޅިން“ އަހަރެންގެ ޢުމުރުގެ އަހަރެއް ”ކޮށައިލައިފިއެވެ.“ އަހަރެން އުއްބައްތި ރޯކުރާކަށްވެސް ނެތީމެވެ. އެހެނީ ވަގުތުގެ ރަޙުމަތްނެތް ”ކޮޅިގަނޑުގެ“ ތެރޭގައި އަހަރެންގެ ޢުމުރުގެ ”ބައްތި“ ނިވެމުން ދަނީއެވެ. އަހަރެންނަށް އުފަލުގެ ނެށުންތަކެއް ނުނެށޭނެއެވެ.

އެހެނީ އަހަރެން ކަންބޮޑުވަނީ ވަގުތު ކުޑަތަންވަމުން ދާތީއެވެ. ގައިބާރު ދެރަވުމާ ދިމާއަށް މިސްރާބުޖަހަމުން ދާތީއެވެ. ދުނިޔެ އުޅެން އޮތް ދުވަސް މަދުވަމުން ދާތީއެވެ.

އާހް…. އަހަރެންގެ ޙަޔާތުން އަނެއްކާވެސް އަހަރެއް އުނިވީއެވެ.

(މުސާފިރު)

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު